ދިވެހިރާއްޖޭގެ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އާއި އަދި ބައެއް އަތޮޅު ކައުންސިލްތައް ހިމެނޭހެން އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ނެޝަނަލް އިންސްޓްޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމެންޓް އެންޑް ޕަންޗަޔާތީ ރާޖް (އެން.އައި.އާރް.ޑީ.ޕީ.އާރް)އިން ހިންގާ ގާބިލްކަން އިތުރު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމަކަށް ފުރައިފިއެވެ. މިއީ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރި ދެވަނަ ބެޗެވެ.
މި ތަމްރީން ޕްރޮގްރާމަކީ އެލްޖީއޭ އާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމެންޓް (އެމް.އޯ.އާރް.ޑީ) ގެ ދަށުން ހިންގާ ތަމްރީން މަރްކަޒެއްކަމުގައިވާ އެން.އައި.އާރް.ޑީ.ޕީ.އާރް ދެމެދު ސޮއިކުރެވިފައިވާ އެމް.އޯ.ޔޫގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު އެމް.އޯ.ޔޫއެއްގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމުތަކެކެވެ. އެގޮތުން އެ ދަތުރުގައި ލޯކަލް ކައުންސިލް (ރަށު އަދި އަތޮޅު ކައުންސިލް) މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) މެންބަރުން އަދި އެލް.ޖީ.އޭގެ މުއައްޒިފުންގެ ގާބިލްކަން އިތުރުކުރުމާއި ތަމްރީންދިނުމުގެ އެއްބަސްވުމެއް އެކުލަވާލެވުނެވެ.
އިންޑިއާގައި ބޭއްވޭ މި ތަމްރީންތައް ފަރުމާކުރެވިފައި ވަނީ އެލްޖީއޭއިން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން މި ތަމްރީންތައް ފަރުމާކުރުމަށް އެލްޖީއޭ އާއި އެން.އައި.އާރް.ޑީ.ޕީ.އާރް އާއި ދެމެދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ވާޗުއަލްކޮށް އަދި ފިޒިކަލް ބައްދަލުވުންތަކެއް ބާއްވާފައިއެވެ.
މި އެމް.އޯ.ޔޫގެ ދަށުން އިތުރު ބެޗްތައް ތަމްރީންކުރުމަށް އެން.އައި.އާރް.ޑީ.ޕީ.އާރް އަށް ކުރިއަށްއޮތްތަނުގައި ފޮނުވޭނެއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ލޯކަލް ގަވަރނަންސް ހަރުދަނާކުރުމަށް ކުރާ މަސައްކަތައް ބާރު ލިބިގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި