މަސައްކަތްތެރިންގެ ހައްގުތައް ޙިމާޔަތްކުރުމުގައި، މި ސަރުކާރުގެ ވިސްނުމަކީ، މިނިމަން ވޭޖެއް ކަނޑައަޅާ އެހިސާބުން ނިންމާލުމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ވީއައިއޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ "އޮކިއުޕޭޝަނަލް ހެލްތު، ސޭފްޓީ އެންޑް ސެކިއުރިޓީ" އަށް އަމާޒުކޮށް ފަށާފައިވާ "ބިނާރު" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭހެން، ހުރިހާ މާނައެއްގައިވެސް މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދީ، ރައްކާތެރި، އަމާން އަދި ސަލާމަތްތެރި މަސައްކަތުގެ ވެށްޓެއް ގާއިމް ކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަމާޒެއް ކަމަށެވެ.
"ސަރުކާރުގެ މި އަމާޒާއެއްގޮތަށް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އަދި ސެކިއުރިޓީ އަށް ސަމާލުކަން ދީގެން ހާއްސަ އަދި މިހާ ފުޅާ ކެމްޕޭނެއް ފަށާ ފުރަތަމަ އެސްއޯއީ އަކީ އެމްއޭސީއެލް ކަން އަޅުގަނޑު ފާހަގަކުރަން،" މާރިޔާ ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރު މާރިޔާ ވަނީ އެހެން އެޖެންސީތަކާއި އެސްއޯއީ ތަކުންވެސް އެ ހަރަކާތުން މިސާލު ނަގާ، ސެކިއުރިޓީ އާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް އަށަގެންނެވުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ބިނާރުގައި ހިމެނޭ ކަންކަމަށް ބަލާއިރު ސޭފްޓީ އާއި ސެކިއުރިޓީ، އަދި ސިއްހަތާއި އެވެއާނަސް ޕްރޮގްރާމްތަކާއި، ހެލްތް ސްކްރީނިން ފަދަ ހަރަކާތްތައް ހިމެނެއެވެ.
ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި، އެއާޕޯޓުގެ ހުރިހާ ދާއިރާއެއް ހިމެނޭހެން ސޭފްޓީ އެންޑް ސެކިއުރިޓީ ކަލްޗާއެއް ބިނާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އާއި ސެކިއުރިޓީގެ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރުވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެމައްސަލަތަކަށް އަވަހަށް ފަސޭހައިން އެޑްރެސްކުރެވޭނެ ގޮތްތައް ތައާރަފްކުރުންވެސް ހިމެނެއެވެ.
އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާވާ، ސާވިސް-ބޭސްޑް އިކޮނޮމީއެއްކަން ފާހަގަކުރައްވާ މާރިޔާ ވަނީ ރާއްޖޭގެ ޖީޑީޕީއަށް ބަލާނަމަ ލިސްޓުގެ އެންމެ ކުރީގައި ގިންތި ކުރެވެނީ ޓުއަރިޒަމާއި ޓްރޭޑް، އަދި ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަން ކަމަށް ވިދާޅުވެފައެވެ.
މިއިން ކޮންމެ ދާއިރާއެއްގައިވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދާކޮށްފައިވާ އަދި މިހާރުވެސް އަދާކުރާ ދައުރު ވަރަށް ބޮޑު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވީއައިއޭގެ ސެކިއުރިޓީ އަދި ސޭފްޓީގެ ކަންކަން އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ގައުމުގެ ސަލާމަތާވެސް ގުޅިފައިވާ ކަމެއް ކަމަށާއި އެއާޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ބަޖެޓުން އެންމެ ގިނަ ފައިސާ ދެނީ މިނިސްޓަރު އަސްވާޑުގެ ސަންގުޓީވީއަށް
														
							
								ބަޖެޓުން އެންމެ ގިނަ ފައިސާ ދެނީ މިނިސްޓަރު އަސްވާޑުގެ ސަންގުޓީވީއަށް								 ހޯކްސްގެ ވަގު ސިނގިރޭޓް މައްސަލާގައި ދެ މީހަކު ވަކިކޮށްފި
														
							
								ހޯކްސްގެ ވަގު ސިނގިރޭޓް މައްސަލާގައި ދެ މީހަކު ވަކިކޮށްފި								 ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް
														
							
								ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް								 ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ
														
							
								ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ								 ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް
														
							
								ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް								