ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އިއުލާނު ކުރައްވައިފިއެވެ.
ޑރ. މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ "2023 ޑރ. މުނައްވަރު" މިފަދައިން ޖަހާފައިވާ ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހިއްސާ ކޮށްފައެއް ނުވެއެވެ.
ބައެއް މީޑިއާތަކަށް ޑރ. މުނައްވަރު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިގެން ނޫން ކަމަށާއި އެ މަސައްކަތް ކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުން އެއްވެސް ފިކުރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
https://twitter.com/MMunavvar/status/1632192586462142466?s=20
ސިޔާސީ ޕާޓީތަކުން ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަ އައުމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ފެންނަމުން ދަނީ އަމިއްލަ މަންފާ އާއި ފައިދާއަށްޓަކައި ގައުމު ބަހާ ހުސްކޮށްލާފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ނިކަމެތި ވެގެން ދަނީ ދިވެހި ރައްޔިތުން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި ފިކުރަކީ ރައްޔިތުންގެ ފިކުރެވެ. އަދި އޭނާ ނިކުމެވަޑައިގަންނަވަނީ އެ ފިކުރައިގެން ކަމަށް ވިދާޅުވިއެވެ.
ޑރ. މުނައްވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ބޭފުޅެކެވެ. އަދި ފަހުން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވިއެވެ. އެޕާޓީ އުފެދިގެން އައިއިރު އެޕާޓީގެ ރައީސްކަން ވެސް ކުރެއްވިއެވެ. އަދި 2008ވަނަ އަހަރު ބޭއްވި އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވިއެވެ. ނަމަވެސް އެފަހަރު ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމްޑީޕީ އަށް ފާޑުވިދާޅުވެ ޕާޓީން ވަކިވެވަޑައިގެންނެވިއެވެ.
ޖުމްހޫރީ ޕާޓީއާއެކު ވެސް ދުވަސްކޮޅެއްގައި މަސައްކަތް ކުރެއްވި ޑރ. މުނައްވަރު އަމިއްލަފުޅު ސިޔާސީ ޕާޓީއެއްވެސް ހެއްދެވިއެވެ. ނަމަވެސް ގާނޫނު ބުނާ މިންގަނޑަށް މެންބަރުން ހަމައެއް ނުކުރެވުނެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން