އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު ޝާހިދު އެގައުމުގެ އެކްޓާނަލް އެފެއާޒު މިނިސްޓަރު ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުން އޮތީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރުއަދާކުރައްވައި ދެގައުމުގެ މެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރު ޖަޔަޝަންކަރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެގައުމުގެ އިގްތިސޯދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އަދި އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދާއި މިނިސްޓަރު ޖަޔަޝަންކަރު ވަނީ ދެގައުމުން ވެސް ދެގައުމުގެ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ދެގައުމަށް މުހިއްމު ކަންކަމުގައި އެއް ގައުމު އަނެއް ގައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ޝާހިދު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމުކުރާ 8ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އެގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި