ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ގާއިމުކޮށްދީފިއެވެ.
އެ ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް އެޗްޑީސީގެ ފަރާތުން ވަނީ ބާއްވާފައެވެ. މިއަދު ހަވީރު ކުރިއަށްދިޔަ އެ އިވެންޓުގައި ހިޔާ ކޮމިއުނިޓީ ތަކުގެ އިސް ބޭފުޅުންނާއި, އަދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެޗްޑީސީ އިން ބުނީ ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އަމާޒެއް ކަމަށެވެ.
ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަ ކަމެއްގައި އެ ކޯޕަރޭޝަނުން ގަބޫލުކުރާ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން