މިދިޔަ ޖެނުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 100.7 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ޖެނުއަރީ މަހުގެ ގްރީން ފަންޑުގެ ރިޕޯޓުގައި ބުނެފައި ވަނީ ރިސޯޓު އަދި ގެސްޓުހައުސް ފަދަ ތަންތަނުން 99.95 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ސަފާރީ ފަދަ އުޅަނދު ފަހަރުތަކުން 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ހޯމްސްޓޭ ފަތުރުވެރިކަމުން 2.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައި ވަނީ 37 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައި ވަނީ އދ. އަތޮޅުންނެވެ. އެއީ 12.47 މިލިއަން ރުފިޔާއެވެ. ތިންވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައި ވަނީ ރ. އަތޮޅުންނެވެ. އެއީ 8 މިލިއަން ރުފިޔާއެވެ.
ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހެއް ނަގަން ފެށިއެވެ. ނަމަވެސް އެއީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގައެވެ. ނަމަވެސް ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުސް ނަގަން ފެށީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ނަގަނީ ތިން ޑޮލަރެވެ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން