ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން 2035 ވަނަ އަހަރާ ހަމައަށް އަންނައިރު، މާބޮޑު ފިޔަވަޅެއް ނޭޅިއްޖެނަމަ ފަލަވާނެ ކަމަށް ދިރާސާއިން ދައްކައިފިއެވެ.
ވޯލްޑް އޮބޭސިޓީ ފެޑެރޭޝަންގެ މިއަހަރު ނެރުނު ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް 12 އަހަރުގެ ތެރޭގައި ދުނިޔޭގެ 51 އިންސައްތަ މީހުންގެ ބަރުދަން އިތުރުވާނެއެވެ. މިއީ ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ ހަތަރު ބިލިއަނަށްވުރެ ގިނަ މީހުން މީހުންނެވެ.
ކުޑަކުދިންގެ މެދުގައި އާއި އާމްދަނީ ދަށް ގައުމުތަކުގައި "އޮބޭސިޓީ" ގެ ނިސްބަތް ވަރަށް އަވަހަށް އިތުރުވަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ. ރިޕޯޓުގައި އެ ތަފާސް ހިސާބުތައް ސިފަކޮށްފައިވަނީ "ސާފު އިންޒާރެއް" ގެ ގޮތުގައެވެ. ވޯލްޑް އޮބޭސިޓީ ފެޑެރޭޝަންގެ ރައީސް ލުއީސޭ ބައުރް ވިދާޅުވީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ސިޔާސަތު ތައް ކަނޑައަޅާ ފަރާތްތަކުން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"ހާއްސަކޮށް ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންގެ މެދުގައި އޮބޭސިޓީ ރޭޓް އެންމެ ހަލުވިކަމާއެކު މައްޗަށް ދިއުމަކީ ކަންބޮޑުވާ ކަމެއް" އޭނާ ވިދާޅުވިއެވެ.
"ސިއްހީ، އިޖްތިމާއީ އަދި އިގްތިސާދީ ހަރަދުތައް ޒުވާން ޖީލަށް ނުފޯރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ" ލުއީސޭ ވިދާޅުވިއެވެ.
ދެހާސް ވިހިވަނަ އަހަރާ އަޅާބަލާއިރު ކުޑަކުދިންގެ އޮބީސިޓީ ދެގުނައަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. 2035 ވަނަ އަހަރުގެ ނިޔަލަށް 208 މިލިއަން ފިރިހެން ކުދިންނާއި 175 މިލިއަން އަންހެން ކުދިން ތިބޭނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ބުނީ މުޖުތަމައުއަށް ކުރާ ހަރަދުތަކަކީ ބަރުދަން އިތުރުވުމާ ގުޅިފައިވާ ސިއްހީ ހާލަތްތަކުގެ ސަބަބުން ބޮޑު ހަރަދެއް ކަމަށެވެ. 2035 ވަނަ އަހަރާ ހަމައަށް އަހަރަކު ހަތަރު ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދުނިޔޭގެ ޖީޑީޕީގެ ތިން ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެ ފެޑެރޭޝަނުން ބުނީ އޮބޭސިޓީ މައްސަލާގައި އާއްމުންނަށް އިނގިލި ދިއްކުރަން ބޭނުންނުވާ ކަމަށެވެ. އެކަމަކު އެ ހާލަތުގައި ހިމެނޭ އިޖުތިމާއީ، ތިމާވެށީގެ އަދި ބަޔޮލޮޖިކަލް ކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ ގޮވާލާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން 25 އަހަރުން މަތީގެ ބީއެމްއައި ސްކޯއަކީ ބަރުދަން ބޮޑު އަދި 30 އަހަރުން މަތީގެ މީހުންނެވެ.
ދެހާސް ވިހި ވަނަ އަހަރު އެ ކެޓަގަރީތަކަށް 2.6 ބިލިއަން މީހުން ނުވަތަ ދުނިޔޭގެ އާބާދީގެ 38 އިންސައްތައަށް އަރާނެއެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި އެންމެ ގިނައިން އޮބޭސިޓީ އިތުރުވާނެ ކަމަށް ބެލެވެނީ އޭޝިއާ އާއި އެފްރިކާގެ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތައް ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އދ.ގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށާއި މެމްބަރު ގައުމުތަކަށް އަންނަ ހަފުތާގައި އެ ޑޭޓާ ތައް ހުށަހަޅާނެއެވެ.