ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހެނދުނު ތ. ހިރިލަންދޫއަށް ވަޑައިގެންފިއެވެ.
އެ ރަށަށް ރައީސް ވަޑައިގެންނެވިއިރު، ސަރުކާރުން ހިންގި 5 ޕްރޮޖެކްޓެއް މި ރަށުގައި ވަނީ ނިމިފައެވެ. އެއީ ފެނަކަ އޮފީސް އިމާރާތާއި ފުޓްސަލް ދަނޑާއި ވޮލީ ކޯޓާއި ކުޑަކުދިންގެ ޕާކެއްގެ އިތުރުން އައުޓްޑޯރ ޖިމެއް މި ރަށުގައި ވަނީ ގާއިމުކޮށްފައެވެ. ރައީސް މިއަދު ވަނީ ފެނަކަ އާ އޮފީސް މި ރަށުގައި ހުޅުވައިދެއްވާފައެވެ.
ހިރިލަންދޫގައި މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި ފެނާއި ނަރުދަމާ ގާއިމު ކުރުމާއި ސްކޫލަށް 8 ކްލާސްރޫމް އިތުރު ކުރުމުގެ މަސައްކަތުގެ އިތުރުން އިޖީނުގެ އެޅުމުގެ މަސައްކަތެވެ. މި ރަށުގައި ބަހައްޓަނީ 1250 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެވެ. އެ އެއްޗެހި އެ ރަށަށް މިހާރު ވަނީ ގެންގޮސްފައެވެ.
[caption id="attachment_48432" align="alignnone" width="1280"] ރައީސް ހިރިލަންދޫއަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި[/caption]
ރައީސް ސާލިހު ހިރިލަންދޫއަށް ވަޑައިގެންނެވީ އެ ރަށު ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސާ އެކު، ހިރިލަންދޫއަށް ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި