މާލޭގެ ގްރޫޕްތަކެއްގެ މެދުގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގައި ހުޅުމާލޭ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލާގައި ހުޅުމާލެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަޔަކު ހައްޔަރުކޮށްފިއެވެ.
ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ޖޫސް ޓައިމްއަށް ވަނީ ގެއްލުންދީފައެވެ. އެއީ ސިލްސިލާ މާރާމާރީތަކާ ގުޅުންހުރި މައްސަލައެކެވެ. އަދި އޭގެ ހަފްތާއެއް ފަހުން، މާލޭގައި ހިންގި މާރާމާރީއެއްގައި 30 އަހަރުގެ ޒުވާނަކު ވަނީ މަރާލާފައެވެ. އެ ހަމަލާ ވެސް ދިނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ބަޔަކުއެވެ.
ފުލުހުން މިއަދު ބުނީ ޖޫސް ޓައިމްއަށް ގެއްލުންދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އެޕާޓްމަންޓުން މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެތަނުން ފެނުނީ މަރާމާރީ ހިންގުމަށް ބޭނުންކުރާ ކޮން ކަހަލަ އާލާތެއް ކަމަށް ފުލުހުން ނުބުނެއެވެ.
"[މިކަމާ]ގުޅިގެން 7 މީހަކު ވަނީ ހައްޔަރުކޮށްފައި. މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ. މި އެންމެންނަކީވެސް ދިވެހިން. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން މިއަދު ހެނދުނު މީޑީއާތަކަށް ފޮނުވި މެސެޖެއްގައިވެއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި