ވެލާނާގޭގައި ހުންނަ ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވެހިކަލްތައް ޕާކު ކުރާނެ ޖާގަ ނެތުމުން އެ މުވައްޒަފުން އިހުތިޖާޖަށް ނިކުމެއްޖެއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއެއްގައި ވެލާނާގެ ސަރަހައްދުގައި ހުންނަ ޕާކިން ޒޯނުތަކުގައި ހުރި ހުރިހާ ވެހިކަލްތަކެއްގައި ސްޓިކާ ޖެހިއެވެ. އޭގެ ފަހުން އެ ސަރަހައްދުގައި ހުންނަ ޕާކިން ޒޯނުތަކުގައި ވެލާނާގޭގައި މަސައްކަތް ކުރާ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ޕާކު ކުރުން ހުއްޓާލިއެވެ.
އެ މުވައްޒަފުންގެ ޝަކުވާ އަކީ މިއަދު އޮފީހަށް އައިއިރު އެ ސަރަހައްދުގައި ހުރި ޕާކިން ޒޯން ބަންދު ކޮށްފައި އޮތުމެވެ. އެހެންކަމުން އެ މުވައްޒަފުންގެ ވެހިކަލްތައް ޕާކު ކުރަންވީ ކޮން ތާކުތޯ އެ މުވައްޒަފުން އަންނަނީ ސުވާލު ކުރަމުންނެވެ. އެ މުވައްޒަފުން އިހުތިޖާޖު ކުރަމުން ދިޔަ ވަގުތު ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ މުވައްޒަފުންނާއެކު އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންފައެވެ.
އެ މުވައްޒަފުން ވަނީ ރައްޔިތުން މަޖިލިސް އިދާރާ ކައިރިއަށް ވެސް ގޮސް އެ މުވައްޒަފުންގެ އަޑު އުފުލައިފައެވެ. މި މައްސަލާގައި އަދި ފުލުހުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި