ކޮވިޑާއި ގުޅިގެން ރާއްޖެއިން ވެންޓިލޭޓަރުތަކެއް ގަތުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލު ކޮށްގެން އެތަކެތި ރާއްޖެ ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން މައްސަލަ ހުށަހަޅައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށް ދިނުމަށް އޭޕްރީލް 2، 2020 ގައި ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހިލާފުވެފައިވާތީ އެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.
ސަރުކާރުން ހުށައެޅި މި މައްސަލާގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން ފޯރުކޮށްދީފައިވާނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު 32،547،750 ދިވެހި ރުފިޔާއަށްވާ 2،112،500 އެމެރިކާ ޑޮލަރުގެ އިތުރުން އިންޓެރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވަނީ އެދިފަ އެވެ.
އޭޖީ އޮފީހުން ބުނި ގޮތުގައި އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލައާ ގުޅޭ ކަންކަމުގެ ސިއްރު ހިފެހެއްޓުމް ސަރުކާރުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަށެވެ.
ވެންޓިލޭޓަރު ގަތުމަށް ފައިސާ ދީފައި ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ