ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ޓޭޒާ ގަން ބޭނުން ކުރަން ފަށައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޭޒާ ގަން ބޭނުން ކުރާނީ ފުލުހުންގެ ސާޖެންޓު ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކުގެ ފުލުހުން ކަމަށެވެ. އަދި އެކަމުގެ ތަމްރީނު ލިބިފައިވާ ފުލުހުން ކަމަށެވެ.
މިއީ ފުލުހުންގެ ތާރީހުގައި ވެސް މިފަދަ ހަތިޔާރެއް މިގޮތަށް ބޭނުން ކުރާ ފުރަތަމަ ފަހަރުކަން ހަމީދު ފާހަގަކުރެއްވިއެވެ.
https://twitter.com/M_Hameedh/status/1629802067958329344?s=20
ޓޭޒާ ގަން ބޭނުން ކުރަން ފެށިއިރު ފުލުހުންގެ އަތުގައި މިވަގުތު 25 ޓޭޒާ ގަން އެބައޮތެވެ. ޓޭޒާ ގަން ބޭނުން ކުރާނީ ބޮޑީ ކެމެރާއާ އެކުގައެވެ. އެގޮތުން ޓޭޒާ ގަން ބޭނުން ކުރާ ވަގުތު ފުލުހުންގެ ގައިގާ ހަރު ކޮށްފައިވާ ބޮޑީ ކެމެރާ އެކްޓިވޭޓު ވެގެން ދާނެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން