އެއްގަމު އުޅަނދު ދުއްވާއިރު ހެލްމެޓު އެޅުމަށް ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅާ މީހުން ހުއްޓުވައި އެމީހުން ބަލާ ފާސް ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ހެލްމެޓް އެޅުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް، ކުށްކުށަށް އަރައިގަތުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން ހެލްމެޓް އެޅުން ލާޒިމު ކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިފަދައިން ބުނެފައި މިވަނީ ދާދިފަހުން މާލެ އާއި ހުޅުމާލޭގައި ހިނގި ހާދިސާތަކަކާއި ގުޅިގެންނެވެ. އެގޮތުން ހުޅުމާލޭގެ ކެފޭއަކަށް ވަދެ ބަޔަކު މީހުން ވަނީ އެ ކެފޭ އަށް ގެއްލުންތަކެއް ދީފައެވެ. ސައިކަލުގައި އައި ދެ މީހަކު އެ ކެފޭ އަށް ވަންއިރު އެމީހުން ތިބީ ހެލްމެޓު އަޅައިގެންނެވެ. ފުލުހުން މިހާރު ވަނީ އެމީހުން ދުއްވި ސައިކަލު ހޯދައިފައެވެ.
އަދި މާލޭގައިވެސް ދާދިފަހުން ފިހާރައެއްގެ ތެރެއަށް ވަދެ މީހަކަށް ވަޅިން ވަނީ ހަމަލާދީފައެވެ. އެ ހަމަލާ ދިނުމަށް ފިހާރަ އަށް ވަން ދެ މީހުން ވެސް ހުރީ ހެލްމެޓު އަޅައިގެންނެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ