މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް 15 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މާރާމާރީ ހިންގާފައި ވަނީ ބީޖީ ގަރާޖު ސަރަހައްދުގައި ހުންނަ ފިހާރައެއްގައެވެ.
އެނގިފައިވާ ގޮތުގައި އެ ފިހާރައަށް ވަދެ އެ ޒުވާނާ ޒަހަމްކޮށްލީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވެގެންނެވެ. އޭނާއަށް ހަމަލާދިނީ އެ ފިހާރައަށް ވިޔަފާރިކުރަން ވަދެ ހުއްޓައެވެ.
ޒަހަމްކޮށްލި ޒުވާނާގެ ގައިގެ އެތަން މިތަނަށް ވަޅި ހަރާފައި ހުރި ކަމަށް މަންޒަރު ދުން މީހުން “ހަތާވީސް”އަށް ކިޔައިދިނެވެ. އަދި އެ ޒުވާނާ ޒަހަމްވެގެން ބިންމައްޗަށް ވެއްޓުނުއިރު އޭނާގެ ގަޔަށް ޖެހި ވަޅި ނުނެއްޓި ހުރި ކަމަށްވެއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ