މާފަންނު ފިހާރައެއްގެ ތެރޭގައި ރޭ ތޫނު އެއްޗަކުން ހަމަލާދިން ޒުވާނާ އަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އޭނާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މާރާމާރީ ހިންގާފައި ވަނީ ބީޖީ ގަރާރު ސަރަހައްދުގައި ހުންނަ ފިހާރައެއްގައެވެ.
އެނގިފައިވާ ގޮތުގައި އެ ފިހާރައަށް ވަދެ އެ ޒުވާނާ ޒަހަމްކޮށްލީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވެގެންނެވެ. އޭނާއަށް ހަމަލާދިނީ އެ ފިހާރައަށް ވިޔަފާރިކުރަން ވަދެ ހުއްޓައެވެ.
ޒަހަމްކޮށްލި ޒުވާނާގެ ގައިގެ އެތަން މިތަނަށް ވަޅި ހަރާފައި ހުރި ކަމަށް މަންޒަރު ދުން މީހުން “ހަތާވީސް”އަށް ކިޔައިދިނެވެ. އަދި އެ ޒުވާނާ ޒަހަމްވެގެން ބިންމައްޗަށް ވެއްޓުނުއިރު އޭނާގެ ގަޔަށް ޖެހި ވަޅި ނުނެއްޓި ހުރި ކަމަށްވެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން