ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށްވާ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯ ބައިވެރިވެ އެ ކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް މުދަލާއި މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލައިފިއެވެ.
ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ފެބްރުއަރީ މަހުގެ 20 ން 24 އަށް ކުރިޔަށްދާ އެ އެކްސްޕޯގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ސްޓޯލްގައި ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް، ޗޮއިސް ކަޕްނޫޑްލް، ޗޮއިސް ބާސްމަތީ ހަނޑޫ، ޗޮއިސް ސަންފްލާވާ އާއި ޗޮއިސް ވެޖެޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ވަނީ ދައްކާލާފައިވެއެވެ.
އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯ އާއި މިފްކޯ އިން ވިއްކާ ބްރޭންޑްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުން ކަމަށް އެސްޓީ އޯއިން ބުނެއެވެ.
މި އަހަރުގެ މި ފެއަގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ. މިއީ މި ފެއާ ބާއްވާ 28 ވަނަ ފަހަރެވެ.
މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި
ޑިމޮކްރަސީ އަގުހެޔޮކުރަން ކުރާ މަސައްކަތުން ހާލަތު ދާނީ ދަށަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު
ކުރިއެކޭ އެއްއަގެއްގައި އާންމު ދަތުރުފަތުރާއި ފެރީތަކަށް ތެޔޮ ދޫކުރަނީ