މާލެ ގެސްޓްހައުސްއެއްގައި ހަށިވިއްކި ކަމުގެ ތުހުމަތަށް ދެ އަންހެނަކާ އެކު، ދެ ފިރިހެނަކު ހައްޔަރުކުރި މައްސަލާގައި އެކަކު ކޯޓުން ދޫކޮށްލައިފިއެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. ހައްޔަރު ކުރި ދިވެހި މީހާގެ އުމުރަކީ 43 އަހަރު ކަމަށެވެ. އޭނާގެ ވަނަވަރެއް އާންމެއް ނުކުރެއެވެ. ކޯޓުން ދޫކޮށްލި މީހާ އަކީވެސް އެއީއެވެ. ފުލުހުން ބުނީ އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށެވެ.
ދެން އެ މައްސަލާގައި ހައްޔަރު ކުރީ 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ދެ އަންހެނުންގެ ބަންދަށް އެއް ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކުރީ ރޯޅި ގެސްޓްހައުސް ނަމަކަށް ކިތާތަނަކުން ކަމަށެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ