ގުޅީފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނު ހަށިގަނޑަކީ އެތަނުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަމަށް ފުލުހުން ބުނެފިއެވެ.
ގުޅީފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެކަކު ގެއްލުނެވެ. އެމީހާ ހޯދަމުން ދަނިކޮށް އަލިފާނުގެ ހާދިސާގައި އަނދާފައިވާ މީހެއްގެ ހަށިގަނޑު ފުލުހުންނާއި އެމްއެންޑީއެފް އަށް ފެނުނެވެ.
ފުލުހުން މިއަދު ބުނީ އެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑުކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެ ހަށިގަނޑު އެމީހާގެ އާއިލާއާ ހަވާލު ކުރުމަށް މިހަފްތާގެ ތެރޭގައި އިންޑިއާ އަށް ފޮނުވާލެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާން ރޯވީ ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. އެ ހާދިސާގައި 76 މީހުން ޒަހަމްވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން