މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން އަންނައިރު ވ. އަތޮޅުން އެތެރެވަރިން ފެނުނު އިންސާނެއްގެ ހަށިގަނޑާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން އަންނަނީ ބިދޭސީއެކެވެ. އެއީ 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެކެވެ. ހަމަ އެ ބޯޓުން ދަތުރުކުރި ދިވެއްސަކު ވެސް ގެއްލިގެން ހޯދަމުން ދިޔައެވެ. ނަމަވެސް ފަހުން އެމީހާ ވަނީ މާލެ ތެރެއިން ފެނިފައެވެ.
ތެޔޮ ބޯޓުން ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ފުލުހުންނަށް ވ. އަތޮޅުގެ އެތެރެވަރިން އިންސާނެއްގެ ހަށިގަނޑެއް ވަނީ ފެނިފައެވެ. މިދިޔަ މަހުގެ ދެވަނަ ދުވަހު ފެނުނު އެ ހަށިގަނޑު މިމަހުގެ 12ވަނަ ދުވަހު ވަނީ ވަޅުލައިފައެވެ. އެ ހަށިގަނޑު ވަޅުލީ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހުއެވެ.
ފުލުހުން މިއަދު ބުނީ އެ ހަށިގަނޑާއި ތެޔޮ ބޯޓުން ގެއްލުނު މީހާއާ އެއްވެސް ގުޅުމެއް ނެތްކަން ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ހަށިގަނޑަކީ ދިވެއްސެއްގެ ނުވަތަ ބިދޭސީއެއްގެ ހަށިގަނޑެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ