ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ ތިން ދުވަސް ތެރޭގައި ދޯންޏަކުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
އެގޮތުން ގދ. މަޑަވެއްޔަށް ނިސްބަތްވާ "ޓީއެސް ލައިން" ނަމަކަށް ކިޔާ މަސް ދޯންޏަކުން މިއަދު ވަނީ 73 ޓަނުގެ މަސް ކިރައިފައެވެ. އެގޮތުން އެ ދޯންޏަށް ވަނީ 1.2 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިއަހަރުގެ ތެރޭގައި މަސް ދޯންޏަކަށް މިހާ ގިނައިން ފައިސާ ލިބުނު ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ "ހަތާވީސް" އަށް މިރޭ ވިދާޅުވީ އެ ދޯނިން މިއަދު ކިރި މަހަކީ އެއް ދުވަސް ތެރޭގައި ބާނާފައިވާ މަހެއް ނޫން ކަމަށެވެ. އެގޮތުން އެއީ ތިން ދުވަހެއްގެ މަތިން ބާނާފައިވާ މަސް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑު ހަމަ ދަންނަވާލަން މި ދުވަސްވަރަކީ ވަރަށް ބޮޑަށް ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް. ކޮންމެ ދޯންޏަކުން ވެސް އެ ދޯންޏަކަށްވީ އެންމެ ގިނައިން މަސް ބާނަމުން އަންނަނީ،" މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވިއެވެ.
މިދިޔަ އަހަރު ވެސް ޓީއެސް ދޯނިން ވަނީ ދޮށީގެ މަސްވެރިކަމުގައި އެއް ދުވަސް ތެރޭގައި 57 ޓަނުގެ މަސް ބާނައި، އެއް ދުވަހެއްގެ ތެރޭގައި މަސްވެރިކަމުގެ ރެކޯޑެއް ގާއިމް ކޮށްފައެވެ. އެފަހަރު އެ ދޯންޏަށް 971،584 ރުފިޔާ ލިބުނެވެ.
ދެހާސް އެކާވީސް ވަނަ އަހަރުވެސް އެ ދޯންޏަކީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރުވި ދޯންޏެވެ. އެ އަހަރު އެ ދޯނިން ވަނީ އެކި ދުވަސްތަކުގެ މަތިން 1095 ޓަނުގެ މަސް ކޫއްޑޫ އަށް ކިރުވާފައެވެ.
		
										
										
		
		
		
														
							
								ރައީސް މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް								
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު