މާލެ ގެސްޓްހައުސްއެއްގައި ހަށިވިއްކި ކަމުގެ ތުހުމަތަށް ދެ އަންހެނަކާ އެކު، ދެ ފިރިހެނަކު ރޭ ހައްޔަރުކޮށްފިއެވެ. އެތަނުން ދެ މީހަކު ހައްޔަރު ކުރީ ޖިންސީ ގުޅުން ހިންގަން ތިއްބައެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. ހައްޔަރު ކުރި ދިވެހި މީހާގެ އުމުރަކީ 43 އަހަރު ކަމަށެވެ. އޭނާގެ ވަނަވަރެއް އާންމެއް ނުކުރެއެވެ.
ފުލުހުން ބުނީ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކުރީ ރޯޅި ގެސްޓްހައުސް ނަމަކަށް ކިތާތަނަކުން ކަމަށެވެ.
"މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގަމުންދަނިކޮށް،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެއެވެ.
ހައްޔަރު ކުރީ 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ އަންހެނެކެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ