ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދިޔަ ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއީލުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ޖޭއެސްސީ އިން މިއަދު ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއީލްގެ ސުލޫކީ މައްސަލަ، ތަހުގީގު ކުރެވި އެމައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު ބަލަން ފެށި ސިވިލް ކޯޓުގެ ގާޒީގެ އެ މައްސަލަ އަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން ކަމަށް ތަހުގީގު ކުރަމުން ދިޔަ މައްސަލައެކެވެ.
ޖޭއެސްސީ އިން ދާދިފަހުން ވެސް ވަނީ ބައެއް މައްސަލަތަކާއި ގުޅިގެން ސަސްޕެންޑު ކޮށްފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން