ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓުތަކަށް ކުރިމަތިލި ފަރާތްތައް އިވެލުއޭޓު ކުރާ "ގެދޮރުވެރިންގެ ކޮމެޓީ" އެކުލަވާލައިފިއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ކޮމެޓީން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނެ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އެ ކޮމެޓީގެ ޗެއާމަން އަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ. ކޯ ޗެއާމަން އަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ.
https://twitter.com/MoNPHImv/status/1628237965024710656?s=20
އިތުރަށް އެ ކޮމެޓީގައި ތިއްބެވި ތިން ބޭފުޅުންނަކީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރަޝީދާގެ އިތުރުން މުހައްމަދު އާރިފްއެވެ.
ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެނަނެވި ވައުދުގެ ދަށުން ފަރުމާ ކުރެވުނު “ގެދޮރުވެރިން ޕޯޓަލް” އަށް، ތަކުލީފަކާއި ނުލައި ފޯމު ހުށަހެޅުމަށް ހުޅާވާލި ފުރުސަތުގެ، ސުންގަޑި ހަމަވިއިރު 35,861 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.
އެންމެ ގިނައިން މީހުން ކުރިމަތިލާފައި ވަނީ ފްލެޓަށެވެ. އެގޮތުން 20،697 މީހުން ފްލެޓަށް ކުރިމަތިލާފައިވެއެވެ. މީގެތެރެއިން އެންމެ ގިނައިން ކުރިމަތިލާފައި ވަނީ ތިން ކޮޓަރީގެ ފްލެޓަށެވެ. އެއީ 14،489 މީހުންނެވެ. ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލާފައި ވަނީ 6،208 މީހުންނެވެ. ގޯއްޗަށް އެދި ކުރިމަތިލާފައި ވަނީ 15،164 މީހުންނެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ