ސްޓެލްކޯ އިން އދ. ހަންޏާމީދޫ އަށް ފެނުގެ ހިދުމަތް ދޭން ފަށައިފިއެވެ.
ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފެވެ. އެ ރަސްމިއްޔާތުގައި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމްވެސް ބައިވެރިވެވަޑައިގަތެވެ.
ސްޓެލްކޯ އިން ބުނީ މި ހިދުމަތް އިފްތިތާހު ކުރެވުމާއިއެކު، ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދުގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރި އަކަށް ފެނުގެ ހިދުމަތް ލިބެމުން އަންނަ ކަމަށެވެ.
[caption id="attachment_47946" align="alignnone" width="1600"] ހަންޏާމީދޫ އަށް ފެނުގެ ހިދުމަތް ދޭން ފެށުން: ފޮޓޯ / ސްޓެލްކޯ[/caption]
މިވަގުތު ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދެމުންގެންދާ ކަނެކްޝަންގެ ޖުމްލަ އަދަދަކީ 170 ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ސްޓެލްކޯ އިން ވަނީ ނިންމައިފައެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ