ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރައިވަޑައިގެންފިއެވެ.
ރައީސް ސިންގަޕޫރަށް ފުރައިވަޑައިގެންނެވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދެވެ. ރައީސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި ސަބަބެއް މިއުވާން ވިދާޅެއް ނުވެއެވެ.
https://twitter.com/MvSpokesperson/status/1627515643913461760?s=20
ރައީސް ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ސިންގަޕޫރުގައި ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވާފައެވެ. އެފަހަރު ރައީސް ސޯލިހު ސިންގަޕޫރުގައި ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަހު މަޑު ކުރެއްވިއެވެ.
އެ ދަތުރުފުޅުގައި ރައީސްގެ ސާޖަރީ ކުރެއްވީ ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވުމަށްފަހުގައެވެ. އޭގެފަހުން ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން