ވެރިންނަށް ކުރަންޖެހޭ އަދަބު އިހުތިރާމު ކަނޑުވާލި މައްސަލާގައި ޑްރަގު ކޯޓުގެ ގާޒީ އަލްއުސްތާޒު އަހުމަދު ނައީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބާ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ގާޒީ ނައީމު ލިޔުއްވި މެސެޖުތަކެއް ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ ގްރޫޕަށް ގާޒީ ނައީމު ފޮނުއްވި އެ މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރިންނަށް ކުރަން ޖެހޭ އަދަބު އިހުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.
އެހެންކަމުން ގާޒީ ނައީމުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނުގެ ދަށުން ހިލާފު އަމަލެއް ކަމަށް ވާތީ ގާޒީ ނައީމަށް އެ މައްސަލާގައި ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.
ޖޭއެސްސީ އިން ފާހަގަކޮށްފައިވާ އެ ވައިބާ ގްރޫޕަކީ "ދިވެހި ފަނޑިޔާރުންގެ ގްރޫޕް"ގެ ނަމުގައި ހިންގަމުން އަންނަ ގްރޫޕެކެވެ. އެއީ ރަސްމީ ވައިބާ ގްރޫޕެއް ނޫނެވެ. ގާޒީ ނައީމު ވަނީ ފަނޑިޔާރުންނަށް ހައުސިން ސްކީމެއް ލިބޭ ފަދަ ޕްރޮގްރާމެއް ނުހިންގާތީ އެކަމުގެ ނުރުހުން ފާޅު ކޮށްފައެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި