ރަށްވެހިކަން ބަދަލު ކުރުމަށް ކައުންސިލަށް ދޮގު މައުލޫމާތު ހުށަހެޅި މެޖިސްޓްރޭޓަކު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު އަހުމަދު އާމިރު، ދ.ކުޑަހުވަދޫ އަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި، ދ.ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ހުށަހެޅި އިރު ދޮގު މައުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ކޮށްގެންވާނެ އަމަލެއް ނޫން ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
އެހެންކަމުން ގާނޫނުލްއަގޫބާތުގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ތަހުގީގަށް ފެންނާތީ، އިސްމެޖިސްޓްރޭޓް އާމިރު އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށެވެ.
ޖޭއެސްސީން ބުނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ހިންގި އެ އަމަލުގެ ސަބަބުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އިސް މެޖިސްޓްރޭޓު އާމިރު ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން