ތިލަފުށި ފޭސް ދޭކުން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން އެފަރާތަކުން ކުރަން ގަސްދުކުރާ ވިޔަފާރިއަށް ހުއްދަ އޮތް އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެފަދަ ކުންފުނިތަކަށް އެކަނި ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިކަމަށް ހައްލެއް ގެނައުމަށް ތިލަފުށި ފޭސް ދޭއް ތަރައްގީ ކުރުމުގެ މަސައްކަތް އެކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކާ ނިންމާ އެ ބިމުގެ 4.3 ހެކްޓަރުގެ ބިން ބީލަން އުސޫލުން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބިން ދޫކުރުމުގައި 100 ޕަސެންޓު ދިވެހި ރައްޔިތުން ހިއްސާވާ ކުންފުނިތަކަށް ބިން ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ބޭރުގެ ފަރާތްތަކަށް ބިން ދޫކުރާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން އެފަރާތަކުން ކުރަން ގަސްދުކުރާ ވިޔަފާރިއަށް ހުއްދަ އޮތް އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެފަދަ ކުންފުނިތަކަށް އެކަނި ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
މީގެތެރޭގައި ޕްރޮޖެކްޓް ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގުމަށް ހުއްދަ ދެވިފައިވާ ކުންފުނިތަކަށް އެ ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
ބޭރުގެ ކުންފުނިތަކުން ބިން ބޭނުން ކުރުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެ ފަރާތްތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ވެރިފައި ކުރާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ ތިލަފުށިން ބިން ދޫކުރުމުގެ މަސައްކަތަކީ ރާއްޖޭގައި ސީނާއީ މަސައްކަތްތައް ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނާއި އެފަދަ ފުރުސަތުތަކުގެ ތެރެއިން އިގްތިސޯދީ އާ މަސައްކަތްތަކަށް ޖާގަ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން