ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާ ކޮށްފިއެވެ.
އައްބާސްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ. ގާނޫނުލްއަގޫބާތުގެ ދަށުން އޭނާގެ މައްޗަށް ކޮށްފައިވާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލެވޭނެއެވެ.
އައްބާސް ހައްޔަރު ކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުގެ ހެނދުނުއެވެ.
އައްބާސްގެ ނަމުގައި ހިންގަމުން އަންނަ ޓްވީޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި އެގޮތުން އެކަމުގެ ބަދަލު ހިފުން ފުރަތަމަ ފެށުމަށް އޭނާ އަށް ފެންނަނީ އިންޑިއާ އެމްބަސީން ކަމަށެވެ.
އައްބާސްގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އިތުރު ހަތް ދުވަސް ވަނީ ޖަހައިފައެވެ.
އައްބާސް އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން