ތިޔަ ފެންނަނީ ބޭރު ގައުމެއްގެ މަގެއް ނޫނެވެ. މިއީ ހުޅުމާލެއެވެ. މިއަދު ހުޅުމާލޭގެ ގިނަ ހިސާބުތަކުން ފެންނަ އެއް މަންޒަރަކީ މިއީއެވެ. ހުޅުމާލެ އަށް ބަހާރު މޫސުން އައިސް ގިނަ ބައެއްގެ މޫނު މައްޗަށް ހިނިތުންވުން މިއަދު ވަނީ ގެނެސްދީފައެވެ.
ފަތިހުގެ ހިތްގައިމު ވަގުތާއި ހަވީރުގެ ފިނި ވަގުތު މިއަދު ހުޅުމާލޭގެ މަގުތަކުން ފެންނަނީ މިފަދަ މާ އަޅާ ފުރިފައިވާ ގަސްތައް ކައިރީގައި މީހުން ޖަމާވެފައި ތިބޭ މަންޒަރެވެ. އާއިލާ ގޮވައިގެން ބައެއް މީހުން އެ ގަސްތައް ކައިރީގައި ފޮޓޯ ނަގާ ހަދާއިރު، ޒުވާން ޖިންސުންލަތީފުން ވެސް އަންނަނީ އެ ރީތި މާ ގަސްތައް ކައިރީގައި ހުއްޓިލައިގެން ތިބެ ފޮޓޯ ނަގަމުންނެވެ.
ފިޔާ ތޮއްޓާއި ހުދު ކުލައިގެ މަލުން ޒީނަތްތެރިވެފައިވާ މި ގަހަށް ކިޔާ އުޅެނީ މަޑިމަސްވަކަރު ގަހެވެ. މިދުވަސްވަރަކީ މި ގަހުގައި މާ އަޅާ ޖަރީ ކޮށްލާ ދުވަސްވަރެވެ.
މި ލިޔުމާ ގުޅޭ ވީޑިއޯއެއް:
https://twitter.com/hathavees/status/1627006792856387584?s=20
[caption id="attachment_47896" align="alignnone" width="800"] ހުޅުމާލެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުރި ގަހެއް މާތަކުން ޖަރީވެފައި: މި ގަހުގެ ފޮޓޯ ނެގުމަށް ގިނަ ބައެއް ޒުވާނުން މި ސަރަހައްދަށް ޖަމާވޭ-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ