ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އަދި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރު ސޭލްސް، ޓަރުން ޖައިންއެވެ.
އެސްޓީއޯ އިން ބުނީ ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗާ ތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒާ ހިމެނޭ ކަމަށެވެ.
އެގޮތުން އެސްޓީއޯ އިން ބާޒާރަށް ނެރުނު ދޮންނަ މެޝިނުން އަންނައުތައް ދޮވެ ނިމި ހިކިގެން ދާއިރު އޭގައި އެއްވެސް ރުލެއް ނުހުންނާނެއެވެ. ފްރިޖަކީ ކަރަންޓު ހަރަދު ކުޑަ ފްރިޖެކެވެ. އަދި ފްރިޖަށްލާ ތަރުކާރީ ފަދަ ބާވަތްތައް ގިނަ ދުވަސްތަކެއް ވަންދެން ހަލާކު ނުވެ ބަހައްޓައިދެއެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ