ވިސާ ނެތި ވެސް ދިވެހިންނަށް ޗައިނާ އަށް ދަތުރު ކުރެވޭނެ ގޮތް ހަދައިފިއެވެ.
ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި އެކަން ހާމަ ކުރައްވާ ވިދާޅުވީ ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ ގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އެކަން އެގޮތަށް ހަމަޖެހިގެން ދިޔައީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ދަށުން ކަމަށެވެ.
ފޮރިން މިނިސްޓްރީން އޭރު ބުނީ އެ އެއްބަސްވުމުގެ ސަބަބުން ވިސާއާ ނުލާ ޗައިނާގެ ރައްޔިތުންނަށް ރާއްޖެ އަށް އާދެވޭއިރު ދިވެހިންނަށް ޗައިނާ އަށް ވެސް ވިސާއާ ނުލާ ދެވޭނެ ކަމަށެވެ.
ކޮވިޑް19 ގެ ސަބަބުން ޗައިނާގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު މިދިޔަ މަހުގެ 9ވަނަ ދުވަހު ޗައިނާގެ ބޯޑަރު ފަތުރުވެރިންނަށް ވަނީ ހުޅުވާލައިފައެވެ. އަދި ރާއްޖެ އައުން މެދުކަނޑާލާފައި އޮތް ޗައިނާގެ މަތިންދާ ބޯޓުތައް ވެސް މިދިޔަ މަހުގެ 18ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އަންނަނީ ދަތުރު ކުރަން ފަށައިފައެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި