ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރައްވައިފިއެވެ.
ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީ އިން ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައެވެ.
ސާޅީސްހާހަށް ވުރެ ގިނަ މެމްބަރުން ވޯޓުލި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 15،612 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ. ރައީސް ސާލިހު ވަނީ 24،572 ވޯޓު ހޯއްދަވައި މުޅި އިންތިހާބުގެ 61 ޕަސެންޓް ހޯއްދަވާފައެވެ.
ރައީސް ސޯލިހަށް ހަވާލުކުރެއްވި ރިޔާސީ ޓިކެޓުގައި ބުނެފައި ވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް ސޯލިހު، އެމްޑީޕީގެ އާއްމު މެންބަރުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކޮށްފައިވާ ކަމަށް ރައީސް ސޯލިހަށް އެރުވި ރިޔާސީ ޓިކެޓުގައިވެއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ