މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރައްވާނީ "ގަދަކޮށް" ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ޓިކެޓު އެރުވުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮންނަ ރިޔާސީ އިންތިހާބު މާތް ރަސްކަލާނގެ އިރާދަފުޅުން، ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށާއި އަދި އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ދެވަނަ ދައުރަކަށް އެމަނިކުފާނު ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
"ގައުމަށް އައި މިނިވަން ނޫރާނީ، ދައުރުން މި ހަނދާންތައް އާ ކުރަނީ، އަޅުގަނޑުމެން މިއަދު ރާއްޖޭގެ އެންމެހާ ރައްޔިތުން ނިކުމެ މި ތިބީ ގައުމަށް އައި މިނިވަން ނުރާނީ ދައުރުން ހަނދާން އާ ކުރުމަށް. އަޅުގަނޑުމެން މިއަދު ހަނދާން އާ ކުރަމުން މި ގެންދަނީ ދައުލަތެއްގެ ސިފަ އަޅުގަނޑުމެންގެ މި ގައުމުގައި ޖެހެމުން ދާތީ،" ޝާހިދު ވިދާޅުވިއެވެ.
މީގެކުރިން ރާއްޖޭގައި ވެރިކަން ކުރި ޕީޕީއެމްގެ ވެރިކަމުގައި ދައުލަތެއްގެ ހުރިހާ ސިފަތަކެއް ކަނޑާލި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ، އެހެންކަމުން ޝާހިދު ވަނީ ދިވެހި ރައްޔިތުން އެކަން ހަނދާން ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. އެގޮތުން މަޖިލިސް މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާ އެ މެންބަރުންނާއި މެދު އޭރުގެ ސަރުކާރުން އަމަލުކުރި ގޮތް ޝާހިދު ވަނީ ހިއްސާ ކުރައްވާފައެވެ.
"ބޮޑު ކަންނެލި އުކާހެން ގޭޓު މަތިން [މަޖިލިސް އިދާރާ ގޭޓު] އުކާލީ. ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އަތްދަށަށް ރައްޔިތުން މަޖިލިސް ގެންދިޔައީ. ހަނދުމަފުޅު ކުރައްވާ. އެއީ އަނިޔާވެރިކަން. އެއީ މި ދައުލަތް ހަރާބު ކޮށްލުން. އަޅުގަނޑުމެންގެ މި ނޫރާނީ ދައުރުގައި ރައްޔިތުނޖް މަޖިލީހުގައި ދައުލަތުގެ މުއައްސަސާއެއްގެ ސިފަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެނެސްދެއްވައިފި،" ޝާހިދު ވިދާޅުވިއެވެ.
މީގެކުރިން ރައީސް ޔާމީން ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ޝާހިދު ވަނީ އޭރު ސަރުކާރުގައި ހުންނެވި ޕްރޮސިކިއުޓަރު ޖެނެރަލް މަގާމުން ވަކިކުރި ކަމަށާއި ކޮމިޝަނަރު އޮފް ޕޮލިސް މަގާމުން ވަކިކުރި ކަމަށާއި ނުވިތާކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅުން ވަކިކުރެއްވިކަން ފާހަގަކުރައްވާފައެވެ.
"މުޅި ދައުލަތް ހަރާބު ކޮށްލުމުގެ ބޭނުމުގައި މިލިޓަރީގެ ވެރިކަމެއް ހިންގުމުގެ ބޭނުމުގައި އިމަޖެންސީއެއް މި ރައީސެއް ނުހިންގަވާ، ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާން އާ ކުރަނީ އެއީ މި ރައީސަކީ،" ޝާހިދު ވިދާޅުވިއެވެ.
ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެމްޑީޕީން ނިކުމެ އޮތީ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީ އަށް މިއަދު ފެތުރިފައި އޮތް އަލިކަން ދެން ދާނީ ގަދަވަމުން ކަމަށެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ