ގެއްލިގެން ހޯދަމުންދާތާ ދެ ހަފްތާ ފަހުން، ސ. މަރަދޫފޭދޫ، ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ފެނިއްޖެ އެވެ.
އޭނާ ފެނުނުކަން ހާމަކުރީ ހޯމް މިނިސްޓަރ ޝެއިހް އިމްރާނެވެ.
"އާސިރު ހޯދުމަށް ފުލުހުން ކުރެއްވި ބުރަ މަސައްކަތަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އަލްހަމްދުލިﷲ. މީގެ އިތުކޮޅެއް ކުރިން ފުލުހުންނަށް އާސިރު ފެނިއްޖެ،" އިމްރާން މިރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "އޭނާގެ ހާލު ރަނގަޅު" ކަމަށެވެ. ނަމަވެސް އޭނާ ފެނުނީ ކޮން ތާކުން ކަމެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް އޭނާ ގެއްލެން މެދުވެރިވި ސަބަބެއް ވެސް އަދި ހާމައެއް ނުކުރެއެވެ.
އާސިރު މިރޭ ފެނުމާ ހަމައަށް ފުލުހުން ބުނަމުން ގެންދިޔައީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އިރާކޮޅު މާލެއިން ޓެކްސީއެއްގައި ހުޅުލޭ އެއާޕޯޓަށް ގޮސް، ޓާމިނަލަށް ފޭބިފަހުން އޭނާ ފެނިފައިނުވާ ކަމަށެވެ. އޭނާ ހޯދުމަށްޓަކާ 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށާއި އެއާޕޯޓްގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، އޭނާ ފުރައިގެން ދިޔަތޯ ވެސް ބެލި ކަމަށެވެ. ނަމަވެސް އޭނާ ފުރިކަމެއް ރެކޯޑުތަކުން ފެންނާކަށް ނެތެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން