ޔޫރަޕްގެ ގައުމެއް ކަމަށްވާ، ލަޓްވިއާގެ މީހަކު ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނީ 1.3 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ލަޓްވިއާގެ މީހާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ރާއްޖެ އައިތަނުން އޭނާ ހައްޔަރު ކުރީ އިމިގްރޭޝަން އާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މިއަދު ބުނީ 49 އަހަރުގެ އެ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ރައްކާކޮށްފައިވާ 127 ބްލެޓް ނަގާފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 1353 ގްރާމް (1.3 ކިލޯ) ހުރި ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހީގުކުރަމުންދާ ކަމަށެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން