ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދު ތަރައްގީ ކުރުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
އެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގުގެ ހުޅަނގާއި އުތުރުންނެވެ. އެ މަސައްކަތް ހަވާލު ކުރުމަށް ނިންމާފައި ވަނީ އެމްޓީސީސީއާއެވެ. އެގޮތުން އެ މަސައްކަތް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ރަމަޟާން މަހުގެ ފަހުން ކަމަށެވެ.
މިހާރުވެސް ބޮޑުތަކުރުފާނު މަގުގެ ވަކި ހިސާބެއްގައި ތާރު އަޅާފައި އެބަ އޮތެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ މަސައްކަތެކެވެ. އެ ސަރަހައްދުގައި ތާރު އަޅާފައި ވަނީ ސިނަމާލެ ބްރިޖާއި ގުޅިގެންނެވެ. ކުރީ ސަރުކާރުން ނިންމާފައި އޮތީ ބޮޑުތަކުރުފާނު މަގުގައި އެއްކޮށް ތާރު އެޅުމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ މާލޭގެ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެ މަސައްކަތުގެ ދަށުން ސްޓެލްކޯއާ ހަމައަށް ވަނީ ތާރު އަޅައިފައެވެ. ސެގްމަންޓުތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން