ފުލުހުންގެ ހިދުމަތަށް ހެކީގެ ގޮތުގައި ގެނެވޭ އެއްވެސް އެއްޗެއްގެ މައުލޫމާތެއް ފުލުހުންގެ ތެރެއިން ލީކު ނުވާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ހިދުމަތުން ދީފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނަ ކަމަށާއި ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބު ކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިފަދައިން ބުނެފައި މިވަނީ ފިލްމީ ތަރި އައިމިނަތު ރިޝްފާއާ ގުޅިގެން ފުލުހުން ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިތާ ދުވަސްކޮޅެއް ފަހުން އެ ފޯނުގައި ހުރި އޭނާގެ ބައެއް ފޮޓޯ އާއި ވީޑިއޯ ފުލުހުންގެ ތެރެއިން ލީކު ކޮށްލި ކަމަށް ސޯޝަލް މީޑިއާގައި އޭނާ ތުހުމަތު ކުރުމުންނެވެ.
ރިޝްފާ ބުނީ އޭނާ ފޯނުގެ ޕާސްވޯޑު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ތިން ފުލުހުންގެ އޮފިސަރަކަށް ދީފައިވާނެ ކަމަށާއި އެ ފޮޓޯތަކާއި ވީޑިއޯތައް ލީކުކުރީ އެމީހުން ކަމަށެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި