ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތިން ފަނޑިޔާރަކާއި ގުޅިގެން ބަލަމުން ދިޔަ އެއްވެސް ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ.
ޖޭއެސްސީ އިން ސުލޫކީ މައްސަލަ ބަލަމުން ދިޔައީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދުގެ މައްސަލަ އަކާއި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ސޮފްއަތު ހަބީބުގެ މައްސަލައެއްގެ ތެރެއިން ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒާ މަރްޔަމް ވަހީދުގެ ސުލޫކީ މައްސަލައެކެވެ.
ޖޭއެސްސީ އިން މިއަދު ބުނީ މިއިން އެއްވެސް ފަނޑިޔާރަކާއި ގުޅިގެން ބަލަމުން ދިޔަ އެއްވެސް ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ޖޭއެސްސީ އިން ނިންމާފައި ވަނީ މިމަހުގެ 12ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ