ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާ ނިންމާލީ އެޖެންޑާ ކޮށްފައިވާ މަސައްކަތްތަކަށް ހުރި މަސައްކަތްތަކަށް ވާހަކަ ދައްކާނެ މެންބަރަކު ނެތުމުންނެވެ. މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ އޮތީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު މަސައްކަތުގެ މާހައުލުގެ ސަލާމަރާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތެވެ.
އެ ބިލަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ބަހުސް ކުރެއްވީ ފަސް މެންބަރުންނެވެ. އެއަށްފަހު ހެނދުނުގެ ސަޔަށް ޖަލްސާ މެދުކަނޑާލިއެވެ.
ޖަލްސާ އަލުން ފެށިއިރު އެ ބިލަށް ބަހުސް ކުރަން ހުންނެވީ އެންމެ މެންބަރެކެވެ. އެއަށްފަހު އެ ބިލަށް ބަހުސް ކުރާނެ އިތުރު މެންބަރަކު ނެތުމުން ރިޔާސަތުން އެ ބިލުގެ ބަހުސް ނިންމާލެއްވިއެވެ.
އެއަށްފަހު ނަފްސާނީ ސިއްހަތާ ގުޅޭ ވަށާ ޖެހޭ ސިޔާސަތެއް ގާއިމް ކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލިއެވެ. އެކަމަކު އެ ބިލަށް ވެސް ބަހުސް ކުރާނެ އެއްވެސް މެންބަރަކު ނެތުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ޖަލްސާ ނިންމާލެއްވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން