ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކެނޑިޑޭޓަކު ނެރުމަށް ބޭއްވި އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިދިޔަ މަހު އޮތް އެމްޑީޕީގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއި ވާދަ ކުރައްވައެވެ.
ނަޝީދާ ވާދަކުރައްވާ ތަފާތު ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ވަނީ ކާމިޔާބު ކުރައްވާފައެވެ. ސައުވީސްހާހަށް ވުރެ ގިނަ ޥޯޓާ އެކު 61 ޕަސެންޓުން ރައީސް ޥަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ.
އެކަމަކު އިންތިހާބުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށާއި ނަތީއްޖާ ގަބޫލުނުކުރައްވާނެ ކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަޝީދަށް ޅިބިވަޑައިގެންނެވީ 39 ޕަސެންންޓް ވޯޓެވެ.
ރައީސް ސޯލިހަށް ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައެވެ.
ރައީސް ސޯލިހު ވަނީ މި ވަގުތު ކުރަން ޖެހޭ ކަމަކީ ޕާޓީ އެކީގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ޕްރައިމަރީގައި އޮތް ވާދަވެރިކަން މިހާރު ނިމިފައިވާ ކަމަށާއި ދެން މަސައްކަތް ކުރަންވީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން