ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 17 މިސްކިތެއް ނިންމާފައިވާ ކަމަށާއި އިތުރު 15 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާ ކަަމށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
[caption id="attachment_47627" align="alignnone" width="2560"] އިސްލާމިކް މިނިސްޓަރ މަޖިލީހުގެ ޖަލްސާގައި ވާހަކަފުލު ދައްކަވަނީ-- ފޮޓޯ/ މަޖިލިސް[/caption]
މިނިސްޓަރ ވިދާޅުވީ މިވެރިކަން ފެށުނުއިރު، ހަތަރު މިސްކިތެއްގެ މަސައްކަތް ކުރިއަށްދިޔަ ކަމަށާއި އެ މިސްކިތްތައް ނިންމާފައިވާ ކަމަށެވެ. އަދި އަލަށް އަޅާ 12 މިސްކިތަކަށް ބިން ހަމަޖައްސައިދިނުމަށް ކައުންސިލްތަކަށް އަންގާފައިވާ ކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އައިއިރު ނުނިމިހުރި 4 މިސްކިތެއް... އަޅުގަނޑުމެން އައިއްސަ ނިންމާފައިވާނެ. މި ދައުރުގައި ފެށިފަ ނިންމާފަ އެ ވަނީ 17 މިސްކިތް. އަމަލީ މަސައްކަތް ކުރިއަށް އެބަ ގެންދެވޭ 15 މިސްކިތެއްގައި. ޓެންޑަރ ކުރުމަށް ހަތް މިސްތެއް ފޮނުވާފައިވާނެ. ޕްރީ ޓެންޑަރގައި އެބަ އޮތް އެއް މިސްކިތް. އަލަށް ފެށުމަށްޓަކާ ބިން ހަމަޖެއްސުމަށް 12 މިސްކިތަކަށް ބިން ހަމަޖައްސަން ފޮނުވާފައިވާނެ،" އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.
ރާއްޖޭގެ މިސްކިތްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އިޔާދަކުރަނިވި ހަކަތައިން ހަތް މިސްކިތެއް އޭސީކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި