އެއްތިރީސް އަހަރުގެ މި ޒުވާނާ ގެއްލިގެން، ފޮޓޯ އާންމުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. މާލެއިން ގެއްލުނު މި ޒުވާނާ ހޯދަމުންދާތާ ހަފްތާއެއް މި ވަނީ ވެފައެވެ.
ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލު މިއަދު އިރުއޮއްސުނު ވަގުތު ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ބުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އިރާކޮޅު މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އާސިރު އެރި މަންޒަރު ސީސީޓީވީ ކެމެރާ ފޫޓޭޖުތަކަށް އަރާފައިވާ ކަމަށެވެ. އޭނާ އެރި ޓެކްސީ އެއަރޕޯޓް ޓާމިނަލަށް މަޑުކުރުމުން ކާރުން ފައިބައިގެން، ޓާމިނަލަށް ވަންނަ މަންޒަރު ކެމެރާތަކަށް އަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އޭނާ އެއްވެސް އެއަލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވޭ،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައިވެއެވެ.
ފުލުހުން ބުނީ މާލެ އިތުރު ސަރަހައްދު ތަކުގެ ސީސީޓިވީ ކެމެރާ ފޫޓޭޖުތަކާއި އެއާޕޯޓްގެ އިތުރު ސަރަހައްދުތަކުގެ ފޫޓޭޖުތައް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި