އެއްގައުމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން މެދުކަނޑާލި މުއްދަތު ޓްރާންސްޕޯޓު މިނިސްޓްރީން އިތުރުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް ކުރިން އެ މިނިސްޓްރީން އާއްމު ކޮށްފައިވާ އިއުލާނުގައި ކަނޑައެޅި މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މީގެކުރިން ޓްރާންސްޕޯޓުން ނިންމާފައި ވަނީ މިމަހުގެ 14ވަނަ ދުވަހާއި ހަމައަށް މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުން ކުރެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން މިގޮތަށް ނިންމާފައި މިވަނީ ލައިސަންސް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުންނެވެ. އަލަށް ލައިސަންސް ދޫކުރާއިރު ދެން ދޫކުރާނީ ޑިޖިޓަލް ލައިސަންސް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ޑިޖިޓަލް ލައިސެންސް ތައާރަފު ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، އެ ހިދުމަތަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް އޮންލައިން ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށާއި މީގެފަހުން ދެން އެއްވެސް ވަރަކަށް ލައިސަންސް ޕްރިންޓު ނުކުރާނެ ކަމަށެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި