ރާއްޖެ އަށް އެވްރެޖު ގޮތެއްގައި ދުވާލަކު 5،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް 220,574 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރާ ކަމަށެވެ. މިއީ މިދިޔަ އަހަރަށްވުރެ 31.1 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 168,239 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު އެވްރެޖު ގޮތެއްގައި ދުވާލަކު 5,566 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރެއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހާއި ހަމައަށް 6,005 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު ރާއްޖޭގައި 8 ދުވަހު ފަތުރުވެރިން ހޭދަކުރެއެވެ.
މި އަހަރު ވެސް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ރަޝިޔާ އިންނެވެ. އެއީ 13 ޕަސެންޓެވެ. އެގޮތުން އަހަރުގެ މިހާތަނަށް 28,873 ރަޝިޔާ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާ އިންނެވެ. އެގައުމުން މިހާތަނަށް 24,127 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިޓަލީ އިން މިހާތަނަށް 20,692 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ސިޓީ ޕާކް މިމަހު ނިޔަލަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: އާޒިމް