ތުރުކީގެ އިރުދެކުނު ސަރަހައްދާއި ސީރިއާގެ ހުޅަނގު އުތުރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އެ ބިންހެލުމާ ގުޅިގެން ތުރުކީ އަދި ސީރިޔާގެ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ތުރުކީ އަދި ސީރިޔާ އަށް ޖުމްލަ 1 މިލިއަން މަސްދަޅު ފޮނުވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
https://twitter.com/MvSpokesperson/status/1624011881961906178?s=20&t=RHZoEar8Q1fL5gO0sO2r9A
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ގަޒިއަންޓެޕް ސިޓީ ކައިރީގައި 17.9 ކިލޯމީޓަރު އަޑިން ކަމަށެވެ. ގިނަ އިމާރާތްތަކެއް ވެއްޓިފައިވާއިރު އިމާރާތުގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތުގައި ރެސްކިއު ޓީމްތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ބިންހެލުމުގެ ސަބަބުން ތުރުކީ އިން 17،674 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސީރިޔާ އިން ވަނީ 3،377 މީހުން މި ބިންހެލުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ