މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ފާސްކުރި ބިލާ ދެކޮޅަށް ވޯޓު ދިން އެމްޑީޕީގެ 14 މެންބަރުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

އެމްޑީޕީގެ 16 މެންބަރުންނަށް ނަސޭހަތްތެރިވެ، ވިޕްލައިނާ ހިލަފުވުމަކީ ކުށެއްކަން އަންގައި އެމްޑީޕީން ވަނީ އެ މެމްބަރުންނަށް ސިޓީ ފޮނުވާފައެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު މަޖިލީހުގައި ނެގި އެ ވޯޓާ ގުޅިގެން، ހަމަ އެ ދުވަހު އެ މެންބަރުންނަށް ނަސޭހަތްތެރިވެ، ސިޓީ ވަނީ ފޮނުވާފައެވެ. އެ ސިޓީ ފޮނުއްވެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމެވެ.

އެ ސިޓީ ބައެއް މެންބަރުންނަށް ލިބުނީ މިއަދުއެވެ.

އަސްލަމް “ހަތާވީސް” މިރޭ ވިދާޅުވީ ވިޕްލައިނާ ހިލާފުވުން ތަކުރާރުވާނަމަ، ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އެމްޑީޕީ މެމްބަރުންނާ މެދު، ފިޔަވަޅު އަޅަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދުގެ ދަށުންނެވެ.
ޓެކްސް ބިލާ ދެކޮޅަށް ވޯޓުދިން އެމްޑީޕީ މެންބަރުން:

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ
މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
މަޑަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު