ގާތްގަނޑަކަށް 900 އަހަރުވެފައިވާ ބުދެއް ލ. ގަމުން މިއަދު ފެނިއްޖެއެވެ.
މި ބުދު ފެނުނީ ލ. ގަމު، މުކުރިމަގު އަވަށުގައި ފްލެޓް އަޅަމުން އަންނަ ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ބުދު ފެނުނީ ކޮނުނު ސަރަހައްދުން ނެގި ވެލިފުނިތައް ހާވަނިކޮށެވެ.
ފެނުނު އެ ބުދުގައި ހަތް އިންޗި ހުންނަ ކަމަށްވެއެވެ. މި ބުދު މިހާރު އޮތީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބެލުމުގެ ދަށުގައެވެ.
ބައެއް މީޑިއާތަކަށް އެ ޖަމިއްޔާ އިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ ބުދަކީ ރާއްޖެ އިސްލާމުވުމުގެ މާކުރިން، ބުދު ދީނުގައި ރާއްޖެ އޮތްއިރު ބޭނުން ކޮށްފައިވާ ބުދެއް ކަމަށް ބެލެވޭ ކަމަށެވެ.
https://twitter.com/MVHeritages/status/1621902224518680577?s=20&t=vTUFXXcHELY4IYmY4DkZJQ
ލ. އަތޮޅުން މީގެކުރިން ވެސް މިފަދަ ބުދެއް ފެނިފައިވެއެވެ. އެއީ އެ އަތޮޅު ކަލައިދޫ އިންނެވެ. މިފަހަރު ގަމުން ފެނުނު ބުދާއި ކަލައިދޫ އިން ފެނުނު ބުދާ ދާދި އެއްވަތަރު ގޮތެއްވެސް އެބަހުއްޓެވެ.
ކަލައިދޫ އިން ފެނުނު ބުދު މިހާރު ވަނީ ދާރުލްއާސާރުގައި ބަހައްޓާފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން