މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާދަމާ އޮންނާނެއެވެ.
މިދިޔަ މަހުގެ 16ވަނަ ދުވަހު މަޖިލިސް އިދާރާ އިން ވަނީ މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ މިމަހުގެ ހަވަނަ ދުވަހު ކަމަށް ބުނެފައެވެ.
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އެހެންކަމުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
މިއީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ދެއްވާ ފަސްވަނަ ރިޔާސީ ބަޔާނެވެ.
ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ ސަބަބު އެނގޭ: ނަޝީދު
ބޭނުންވަނީ ހައްގުތައް ގެއްލިދާނެކަން އިހުސާސް ނުކުރެވޭނެ ދުވަހެއް
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން