އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާއަށް ދީފައިވާ ނަމަކީ "ދުއްޕާން" އެވެ. މި ޖަލްސާއަކީ ޕީޕީއެމް އާއި ޕީއެންސީގެ ޚާއްސަ މެމްބަރުން ބައިވެރިކޮށް ބޭއްވި "ހޯޕް ކޮންފަރެންސް"އަށްފަހު، ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި އެ ކޮންފަރެންސްގައި ބައިވެރިވި ބައެއް މަންދޫބުންނަށް ޕޯޑިއަމްގައި ވާހަކަ ދައްކަން ފުރުސަތު ދިނެވެ. އެއަށްފަހު ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ވާހަކަ ދެއްކެވިއެވެ.
ޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދެއްކައްވަމުން ޕީއެންސީގެ ނައިބު ލީޑަރު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެން، މެމްބަރުން "ހެޕީ" ތޯ ސުވާލު ކުރައްވާފައެވެ.
"ހެޕީ" ކޮށްދޭނެ ކަމަށް ވިދާޅުވެ، ވެވަޑައިގެންނެވި ވައުދު:
ފަނޑިޔާރު އަލީ ރަޝީދު މަގާމުން ވަކިކުރުން
ވަޒީފާއިން ވަކިކުރި މީހުންނަށް ވަޒީފާ އިޔާދަކުރުން
ފްލެޓް އަތުލި މީހުންނަށް ފްލެޓު ދިނުން
ބާނާ މަހަށް ވަގުތުން ފައިސާ ދިނުން
ރައީސް ސާލިހު ޖަލަށްލުން
ޝުޖާއު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މިރޭ ވާހަކަދައްކަވައިފައެވެ. ޝުޖާއު ވިދާޅުވީ ރައީސް ޔާމީނާއި ވާދަ ކޮށްލުމުގެ ހިތްވަރު ރައީސް ސާލިހުގެ ކިބާގައި ހުންނަން ވާނެ ކަމަށެވެ.
[caption id="attachment_47263" align="alignnone" width="2560"] "ދުއްޕާން" ޖަލްސާގައި ޕީއެންސީގެ ނައިބު ލީޑަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަނީ: މެމްބަރުން އުފާވާނެ ވައުދުތަކެއްވެޑައިގެންނެވި-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
ޝުޖާއު ވަނީ މި ސަރުކާރު ގެނައުމަށް 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދާއި ހިލާފަށް ސަރުކާރުގެ އަމަލުތައް ހުރި ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ މި ސަރުކާރަކީ "ދުއްޕާން" ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އޭނާ ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޖަލުގައި ބޭއްވުމަށްފަހު ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރުމަށް ރަށްރަށަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވުމަށް ގޮވާލައްވައިފައެވެ.
"އެއްވެސް ރަށަކަށް ކެމްޕެއިނަށް އެރިޔަށް ދީގެން ނުވާނެ. އޭނާ [ރައީސް ސޯލިހް] އަށް އެރިގެން ނުވާނެ ރަށްރަށަށް. އޭނަ ފަހަތުން ޖެހޭނެ މި ލަޝްކަރު [ޕީޕީއެމް /ޕީއެންސީގެ މެންބަރުން] ދުވަން. އޭނާ އަކަށް ކެމްޕެއިނެއް ނުކުރެވޭނެ ފަސޭހައެއްކޮށް،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުގެ ވާހަކަފުޅުގައި ވިދާޅުވީ ޒުވާނުން ބޭނުން ކޮންމެ ފިކުރެއްގައި އުޅެވޭނެ ކަމަށާއި އެއްވެސް ޒުވާނަކު ވަކި ޕާޓީއަކަށް ތާއީދު ކޮށްގެން ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީ އިން ޕީޕީއެމް ޓިކެޓުގައި ވާދަކުރަން ނިންމި ޒުވާނަކު ފެނަކައިގެ ވަޒީފާގައި ހުއްޓާ ވަކި ކުރި ކަމަށް ވިދާޅުވެފައެވެ.
"މިގޮތަށް އުސޫލުން ބޭރުން އުސޫލުތަކާއި ހިލާފަށް ރައީސް ޔާމީނަށް ތާއީދު ކުރާތީ ކަމަށް ބުނެ އުސޫލުން ބޭރުން ވަޒީފާ އިން ވަކިކުރި ހުރިހާ ފަރާތްތަކަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީފާ ދޭނަން ގަނޑުކޮށް މުސާރައާ އެކުގައި. ހެޕީ، ހެޕީ، އެންމެން ހެޕީ ދޯ،" ޝުޖާއު ވިދާޅުވިއެވެ.
[caption id="attachment_47272" align="alignnone" width="1024"] އިދިކޮޅު ފަރާތްތަކުން ބޭއްވި ދުއްޕާން ޖަލްސާގައި ޕީއެންސީގެ ނައިބު ލީޑަރު އިބްރާހިމް ޝުޖާއު ވާހަކަފުޅު ދައްކަވަނީ-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ވެސް ނުހައްގުން ދީފައިވާ ކަމަށް ބުނެ ފްލެޓު ކޮމެޓީއެއް ހަދައިގެން ޕާޓީ މީހުންނަށް ބަހާ ހުސްކުރި ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި ރައީސް ޔާމީން އިމާރާތް ކުރާ ފްލެޓުތަކުން އެންމެ ފުރަތަމަ ވެސް ފްލެޓު ދޭނީ ފްލެޓު އަތުލި މީހުންނަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ހެޕީ، ހެޕީ، އެންމެން ހެޕީ. ލިބޭނެ ފްލެޓު. ފްލެޓު ދޭނެ. ޒުވާނުންނަށް ވަޒީފާ ޔަގީން ވާނެ،" ޝުޖާއު ވިދާޅުވިއެވެ.